ހޮންގ ކޮންގުގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 128އަށް

ހޮންގ ކޮންގުގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 128އަށް

Author
އަހުމަދު
29 ނޮވެމްބަރ 2025 10:47
0

ހޮންގ ކޮންގުގެ ޓައި ޕޯގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި މި މަހުގެ 26ވަނަ ދުވަހު ރޯވި އަލިފާނުގައި މަރުވި މީހުންގެ އަދަދު 128އަށް އަރައިފިއެވެ. އިތުރު 200 މީހުންގެ ޚަބަރެއް ނުވާތީ މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްގީކޮށްފައިވާ މި ޓަވަރުތަކުގައި 4،600އެއްހާ މީހުން ދިރިއުޅެމުން ދިޔައެވެ. އަލިފާން ރޯވިއިރު އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ބޭރުގައި ޖަހާފައިހުރި ދާތަކުގައި ފަސޭހައިން ހުޅުހިފުމުން އަލިފާން ހަލުވިކަމާއެކު ފެތުރިގެން ދިޔައީއެވެ. ފަޔަރ އެލާމްތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ދެ ޑިރެކްޓަރުން ހިމެނޭހެން 11 މީހަކު ހައްޔަރުކޮށްފައެވެ. މިއީ 1918ވަނަ އަހަރަށްފަހު ހޮންގ ކޮންގުގައި ހިނގި އެންމެ ގިނަ ބަޔަކު މަރުވި އަލިފާނުގެ ހާދިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.