ފެރިދޫ ކައުންސިލްގެ ރައީސް ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި

ފެރިދޫ ކައުންސިލްގެ ރައީސް ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި

Author
ހުސައިން
27 ނޮވެމްބަރ 2025 01:40
1

އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު ތިން މަސް ދުވަހަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިއަދު ނިންމައިފި އެވެ. މި ނިންމުން ނިންމީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުން އެލްޖީއޭއިން ހިންގި އިންކުއަރީއެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސެޕްޓެމްބަރު 21 ވަނަ ދުވަހު ޓްރައިބިއުނަލުން ނިންމީ ފެރިދޫ ކައުންސިލް އިދާރާގައި މަސައްކަތްކުރި އިދާރީ މުވައްޒަފަކަށް ޝާހު ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. ޓްރައިބިއުނަލުން މައްސަލަ ނިންމީ އެ އެސިސްޓެންޓް ކައުންސިލް އޮފިސަރާއި ޝާހުގެ ފަރާތުން ހުށަހެޅި ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހެކި ބަހަށް ބަލައިގެންނެވެ. އަދި ޓްރައިބިއުނަލުން އަމުރު ކޮށްފައިވަނީ އެ އޮފިސަރާ މެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރު ނުކުރުމަށެވެ.

އެލްޖީއޭއިން ބުނީ ޝާހުގެ މައްޗަށް މި މައްސަލަ ސާބިތުވުމުން ގާނޫނުން ކައުންސިލްގެ ރައީސްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފުވެފައިވާކަން ކަށަވަރުވާ ކަމަށެވެ. އިންކުއަރީން ފާހަގަކުރި ގޮތުގައި ކައުންސިލްގެ އިދާރީ ހިންގުން ހުއްޓުވާލުމަށް މަސައްކަތްކުރުމާއި ކައުންސިލްގެ މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކާއި މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭ ފަދަ އަމަލުތައް ވެސް ޝާހުގެ ފަރާތުން ފެނިފައިވެ އެވެ. އެލްޖީއޭއިން އިންކުއަރީއަށް ޖަވާބުދާރީވުމަށް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އޭނާ ދެއްވި ޖަވާބުގައި ޓްރައިބިއުނަލްގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ފާހަގަކުރި ނަމަވެސް އެ ނިންމުން އިސްތިއުނާފެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.