މާވަށަށް މަސްތުވާތަކެތި އެތެރެކުރަން މީހަކު ހައްޔަރުކޮށްފި

މާވަށަށް މަސްތުވާތަކެތި އެތެރެކުރަން މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
26 ނޮވެމްބަރ 2025 11:53
0

ލ. ފޮނަދޫ އިން މާވަށަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކަށް ފަހު، މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ލ.މާވަށް، ލިލީނައިޓްގެ މުޙައްމަދު ވިޝާހު ޢަލީ (24އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާވަށުގައި މަސައްކަތްކުރާ ފުލުހުން ހިންގި މި އޮޕަރޭޝަންގައި ލޯންޗުގައި އިން ވިޝާހު ހުއްޓުވައި ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ސެލޯފިން ކޮޅު ފެނިފައިވެއެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 2.52 ގްރާމެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު މާވަށު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދެއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ "އޮޕަރޭޝަން އަލިމަގު"ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަދި 188،959.84 ރުފިޔާ ވަނީ އަތުލައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.