ޖޭއެސްސީ ރައީސަކީ ސުޕްރީމް ކޯޓު ފަނޑިޔާރެއް ކަމަށް ހެދުން ރަނގަޅު: ކުރީގެ ޕީޖީ މުއިއްޒު

ޖޭއެސްސީ ރައީސަކީ ސުޕްރީމް ކޯޓު ފަނޑިޔާރެއް ކަމަށް ހެދުން ރަނގަޅު: ކުރީގެ ޕީޖީ މުއިއްޒު

Author
ހުސައިން
26 ނޮވެމްބަރ 2025 11:52
0

ރައީސް ޑރ. މުހައްމަދު މުއިއްޒު މައްޗަންގޯޅީގެ ރައްޔިތުންނާ ބޭއްވި ބައްދަލުވުމުގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަން ކުރައްވަން އެންމެ ރަގަޅީ އެ ކޮމިޝަނަށް ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރު ކަމަށް ވިދާޅުވެފައެވެ. މިހާރު ޕީއެންސީ މެންބަރަކު އެ މަގާމުގައި އިންނަވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ސުވާލު އުފައްދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޖޭއެސްސީގެ ރައީސްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް، ނައިބު ރައީސްކަން އަނެއް ފަނޑިޔާރަކަށް ހަވާލުކުރުން ޕްރެކްޓިސްއެއްގެ ގޮތުގައި ފެށުމަށް ރައީސް ވިސްނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް ބަޖެޓުން ގްރާންޓެއް ދިނުމާއި ކްރިމިނަލް ކޯޓުގެ އިމާރާތުގެ މަސައްކަތް ނިންމުން ތައުރީފުކުރައްވަމުން މުއިއްޒު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ހުށަހަޅާފައިވާ ބިލްގެ މައްސަލައާއި ތިން ފަނޑިޔާރުން ވަކިކުރި ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ސަރުކާރުގައި ސިޔާސީ މުވައްޒަފުން ގިނަވުމާއި، ބިޑަކާނުލައި މަޝްރޫއުތައް ހަވާލުކުރުމާއި، ސިވިލް ސާވިސްގެ ހިދުމަތްތަކާއި، އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ ގޮތުން ހާމަކަން ބޮޑުކުރުމަށާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އޭނާ ގޮވާލެއްވިއެވެ. މި ވާހަކަތަކަށް ރައީސް އެ ބައްދަލުވުމުގައި ވަކި ޖަވާބެއް ނުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.