އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން މިރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާޢީލަށް ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.
ނަޝީދު ވިދާޅުވީ ފައްޔާޒަކީ ޕާޓީގެ މަސައްކަތުގައި އަބަދުވެސް ހީވާގިކަމާއެކު އުޅުއްވި ބޭފުޅެއް ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުވެސް ފަސްޖެހިވަޑައިނުގެންނެވި ބޭފުޅެއް ކަމަށެވެ. "ޕާޓީއާ އެކު ފައްޔާޒަށް އިތުރު ކާމިޔާބީއަށް އެދެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިސްތިއުފާ ދެއްވަމުން ފައްޔާޒް ވިދާޅުވީ 2023 ގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރެއްވުމަކީ ޕާޓީއަށާއި ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ފެނުމުން، ޙައްލެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށެވެ. ރައީސް ނަޝީދާ މަޝްވަރާކޮށް ޕްރައިމަރީއެއް ނުބާއްވައި އެއްބަސްވުމަކަށް ވެސް އައިސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް ޕާޓީގެ ބައެއް އިސް ފަރާތްތަކުން އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިޔުމަށް ނިންމުމާ ގުޅިގެން އެތައް އަހަރެއްގެ މަސައްކަތް ބޭކާރުވެ ޕާޓީ ދެފަޅިވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިޚާބު ވެސް ގެއްލުނު ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ