މެގަ ސްޓަރ ސަލްމާން ޚާން ކޮންމެވެސް ގޮތަކުން ހިއްސާއެއް ވާ ފިލްމެއް ނަމަ އެ ފިލްމެއް އާންމުކޮށް އެންމެންގެ ތެރޭގައި ވަރަށް މަގްބޫލް ވެގެންދެއެވެ. ސަލްމާނަށް ވަނީ ފިލްމު "ކާގަޒް"ގެ ސްކްރިޕްޓް ސާތިކް ކޯޝިކްގެ ފަރާތުން އަޑުއިވިފަ އެވެ. އެހެންކަމުން ސަލްމާން ވަނީ މި ފިލްމުގެ ޕުރެޒެންޓަރަށް ވެފައެވެ.
ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި މިއަކީ ސަލްމާން އޭނާގެ އަޑުއަޅަން ފިލްމަކަށް ފުރުސަތުދިން ފުރަތަމަ ފަހަރެވެ. ސަލްމާނުގެ އަޑު މި ފިލްމުގައި ބޭނުންކޮށްފައިވަނީ ވާހަކަ ކިޔައިދޭ މީހެއްގެ ގޮތުގައެވެ.
އެހެންކަމުން ފިލްމު ފެށޭކޮޅުގައާއި ފިލްމު ނިމޭ ހިސާބުގައި ސަލްމާންގެ އަޑު އިވިގެންދެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސާތިކް ކޯޝިކް ބުނެފައިވަނީ އެމީހުން ބޭނުންވީ ސަލްމާން މި ފިލްމުގައި ފެނިގެނދާންކަމަށާއި ނަމަވެސް ފޭނުންނަށް ސަލްމާންގެ އަޑު އިވުމުން ފިލްމު މާ ކަމުދާނެތީވެ އެހެން ހެދީކަމަށެވެ. އަދި ސަލްމާން ފިލްމުގެ ވާހަކަ ކިޔައިދޭލެއް ވަރަށް ރީތިކަމަށްވެސް ވަނީ ބުނެފައެވެ.
ސަލްމާންގެ ޕްރޮޑަކްޝަން ހައުސް " ސަލްމާން ޚާން ފިލްމްސް"ގެ މި ފިލްމަކީ އުއްތުރަ ޕްރަދޭޝްގެ މަޝްހޫރު ޝަހްސިއްޔަތެއް ކަމަށްވާ ލާލް ބިހާރީގެ ވާހަކަތައް ގެނެސްދޭ އޭނާގެ ބަޔޮޕިކެކެވެ. ފިލްމުގެ ލީޑުން ފެނިގެންދަނީ ޕަންކަޖް ތުރިޕާޓީ އާއި މޯނަލް ގައްޖަރްގެ އިތުރުން އަމަރް އުޕަދެޔެއި އެވެ
"ކާގަޒް" ރިލީސްކުރީ އިއްޔެ "ޒީ-5″ އިންނެވެ.