ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތައް 4.4 ޕަސެންޓް އިތުރުވެއްޖެ

ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތައް 4.4 ޕަސެންޓް އިތުރުވެއްޖެ

Author
ހުސައިން
08 ނޮވެމްބަރ 2025 10:36
0

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގައި ރަނގަޅު ކުރިއެރުމެއް ހޯދައިފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވީއައިއޭގެ ފްލައިޓް މޫވްމެންޓްތަކުގެ އަދަދު އެރި މިންވަރަކީ 12،807 އެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރެކޯޑްކުރި 12،264 ފްލައިޓް މޫވްމެންޓާ އަޅާބަލާއިރު 4.4 ޕަސެންޓްގެ އިތުރުވުމެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 11،782 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުން ކުރި ދަތުރުތަކަށް ވާއިރު، ބާކީ 1،025 މޫވްމެންޓަކީ ޗާޓަރު އަދި ޕްރައިވެޓް ފްލައިޓްތަކުން ކުރި ދަތުރުތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.