މަންދީގެ މައްސަލަ ގަޑިއަށް ހާޒިރު ނުވުމުން ބާތިލް ކޮށްފި

މަންދީގެ މައްސަލަ ގަޑިއަށް ހާޒިރު ނުވުމުން ބާތިލް ކޮށްފި

Author
ހުސައިން
02 ނޮވެމްބަރ 2025 07:38
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ މައްސަލައިގައި ސިވިލް ކޯޓުން މަންދީގެ ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ، މަންދީ ގަޑިއަށް ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން ބާތިލްކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު 22 ގައި މަންދީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލަ ބާތިލްކުރަން ނިންމީ، ކޯޓަށް ހާޒިރުވުމަށް ފޮނުވި ޗިޓާ ހަވާލުވުމަށްފަހުވެސް މަންދީ ނުވަތަ އޭނާގެ ވަކީލުން ގަޑިއަށް ހާޒިރު ނުވުމުންނެވެ. މިދިޔަ ބުދަ ދުވަހު 11:30 އަށް އަޑުއެހުމަށް ކީއިރު، އައްޔަންކޮށްފައިވާ ތިން ވަކީލުންގެ ތެރެއިން އެއްވަކީލަކުވެސް ހާޒިރެއް ނުވެއެވެ. ކޯޓުން ގުޅުމުން ވަކީލު ވިދާޅުވީ ހުރިހާ ވަކީލުންވެސް ތިބީ ޝަރީއަތްތަކުގައި ކަމަށާއި، އެއް ވަކީލަކު ބަލިހާލަތުގައި ހުރިކަމަށެވެ. ނަމަވެސް އެރޭ 19:00 ވީއިރުވެސް ކޯޓަށް ވަކީލުންގެ ފަރާތުން އެއްވެސް ލިޔުމެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅުވައި ރައީސްގެ ދަރިކަލަކާ ބެހޭގޮތުން މަންދީ ދެއްކި ވާހަކަތަކުގެ މައްސަލައިގައި މިދިޔަ އޭޕްރީލްމަހު ސިވިލް ކޯޓުން ކުރި ހުކުމުގައި، ދަރިކަލުންގެ އަބުރަށް ގެއްލުންވިކަން ސާބިތުވާ ކަމަށް ބުނެ މަންދީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް މާފަށް އެދުމަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.