ދުންފަތަށް ޖެނެރޭޝަނަލް ބޭން: ރާއްޖޭގެ ތާރީހީ ފިޔަވަޅު ފާހަގަކުރަން ހަވީރެއް ބާއްވަނީ

ދުންފަތަށް ޖެނެރޭޝަނަލް ބޭން: ރާއްޖޭގެ ތާރީހީ ފިޔަވަޅު ފާހަގަކުރަން ހަވީރެއް ބާއްވަނީ

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 09:50
0

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރާއްޖެއިން އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ ޖެނެރޭޝަނަލް ބޭން މިއަދު އަމަލުކުރަން ފަށާތީ، މިކަން ފާހަގަކުރުމަށް އެޑިުކޭޝަން މިނިސްޓްރީން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

މި ބޭންގެ ސަބަބުން 1 ޖެނުއަރީ 2007 ން ފެށިގެން ރާއްޖޭގައި އުފަންވެފައިވާ ހުރިހާ މީހުންނަށާއި މީގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށްވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގަންނަން މަނާވެގެންދާނެއެވެ. "ކިޑްސް ކާނިވަލް" ގެ ނަމުގައި ކުރިޔަށްދާ މި ހަވީރު މިއަދު ހުޅުމާލޭ ސެންޓަރަލް ޕާކުގައި ހަވީރި 4:00 އިން އިރު އޮއްސި 6:00 ޖެހުމާ ހަމައަށް ކުރިޔަށްދާނެއެވެ.

މީގެ އިތުރުން ޖެނެރޭޝަނަލް ބޭން ފާހަގަކުރުމަށް މާލޭގައި އިއްޔެ ހަވީރުން ފެށިގެން 24 ގަޑިއިރުގެ ދުވުމެއް "ނެޝެނަލް ޓޯޗް ރަން" ގެ ނަމުގައި ދަނީ ކުރިއަށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް އިއްޔެ ހަވީރު މި ބޭން ފާހަގަކުރުމަށް ހިނގާލުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ނިންމުމަކީ ޖެހިލުންކުޑަ ނިންމުމެއް ކަމަށް ބުނެ ވަނީ މަރުހަބާ ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.