ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތައް ކަނޑައަޅަނީ

ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތައް ކަނޑައަޅަނީ

Author
ޙަސަން މުޙައްމަދު
29 އޮކްޓޯބަރ 2025 07:31
0

ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ޖެހޭ އިތުރު ބައެއް ހާލަތްތައް ހިމަނައި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ. މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ހެއްކާބެހޭ ބައެއް އުސޫލުތަކާ ގުޅިގެން ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި، ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމެވެ.

މިހާރު ގާނޫނުން ބުނާގޮތުން މައުލޫމާތު ދިން ފަރާތުގެ ރުހުމާ ނުލައި ނޫސްވެރިޔާ މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. ނަމަވެސް އިސްލާހުގައި ބުނާގޮތުން ޓެރަރިޒަމް، ހުއްދަނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުން، ސަރުކާރު ވައްޓާލުން، ހަތިޔާރުން ހިންގާ އުދުވާނީ ހަރަކާތްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކުށްތަކާ ގުޅިގެން ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރޭނެއެވެ.

އަމުރު ނެރެވޭނީ އެހެން ފިޔަވަޅުތައް އެޅުމަށްފަހު އެކަމުން ނަތީޖާއެއް ނުނިކުންނަމަ، މައުލޫމާތު ހާމަކުރުމުގެ އާންމު މަސްލަހަތު މަސްދަރު ރައްކާތެރިކުރުމުގެ މަސްލަހަތަށްވުރެ ބޮޑުކަމަށް ކަށަވަރުވެ، ފުރާނަށް ނުވަތަ މުދަލަށް ކުއްލި ނުރައްކާއެއް އޮތްނަމަ ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނާއިންސާފު ހުކުމެއް ލިބުމުގެ ފުރުސަތު ބޮޑުނަމައެވެ. މައްސަލަ ހުށަހެޅޭއިރު ހައިކޯޓުން 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ކަނޑައަޅަންޖެހޭނެކަމަށާއި ނޫސްވެރިޔާއަށް ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް އިސްލާހުގައި ވެއެވެ. މި އިސްލާހު ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.