އަތޮޅުތެރޭ އޭޓީއެމްތަކުން ދުވާލަކު 25 މިލިއަން ރުފިޔާ ދައުރުވޭ

އަތޮޅުތެރޭ އޭޓީއެމްތަކުން ދުވާލަކު 25 މިލިއަން ރުފިޔާ ދައުރުވޭ

Author
ހުސައިން
28 އޮކްޓޯބަރ 2025 01:14
0

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ އޭޓީއެމްތަކަކީ ރާއްޖޭގެ މާލީ ދުވެލި ބަދަހިކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އަތޮޅުތެރޭގެ އޭޓީއެމްތަކުން ދުވާލަކު 9،300 މުއާމަލާތް ކުރެވޭއިރު، 25.7 މިލިއަން ރުފިޔާ ދައުރުވާ ކަމަށާއި މިއީ ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ބަޔާންތައް ކަމަށެވެ. މާލޭގައި ދުވާލަކު 14،000 މުއާމަލާތް ކުރެވޭއިރު، 79 މިލިއަން ރުފިޔާ އޭޓީއެމްތަކުން ދައުރުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭޓީއެމްތައް މެދުވެރިކޮށް މިހާތަނަށް 230،000 މުއާމަލާތް ކޮށްފައިވާއިރު، ޖުމްލަ 203 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މި ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެއްޖެއްޔާ މާލީ ދުވެލި ރަނގަޅުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

2024 ގެ ކުރިން 72 ރަށެއްގައި އޭޓީއެމް ހުރިނަމަވެސް، މި ސަރުކާރުން ބީއެމްއެލްއާ ގުޅިގެން ފަށާފައިވާ މަޝްރޫއުގެ ސަބަބުން މިހާރު 180 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބެމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. މި ހިދުމަތް ނުލިބެނީ އެންމެ ދެ ރަށަކަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.