އެމްއޭސީއެލްގެ ބޯޑަށް ޑެޕިއުޓީ އެމްޑީ މުޖުތަބާ ލަތީފު އައްޔަންކޮށްފި

އެމްއޭސީއެލްގެ ބޯޑަށް ޑެޕިއުޓީ އެމްޑީ މުޖުތަބާ ލަތީފު އައްޔަންކޮށްފި

Author
އަހުމަދު
22 އޮކްޓޯބަރ 2025 07:24
0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބޯޓު އޮފް ޑިރެކްޓަރސްގެ މެމްބަރުކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު މިއަދު އައްޔަންކުރައްވައިފި އެވެ. ގއ. ދާންދޫ، މުޝްތަރީގޭ މުޖުތަބާ ބޯޑަށް ހަމަޖެއްސެވީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ.

މުޖުތަބާ އައްޔަންކުރުމާ ގުޅިގެން ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް ވަނީ އިތުރުކޮށްފަ އެވެ. މީގެ ކުރިން ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަނީ ވަކިކުރައްވައިފަ އެވެ. ނަމަވެސް އޭނާ ވަކިކުރެއްވި ސަބަބެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ ޗެއާޕާސަން އައިޝާ ނޫރުއައިން ޖަނާހް އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީ އަދި މުޖުތަބާ ލަތީފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.