އައްޑޫގެ ތިން ރަށުގެ ވޯޓުގައި ރީ-ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

އައްޑޫގެ ތިން ރަށުގެ ވޯޓުގައި ރީ-ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

Author
ހުސައިން
18 އޮކްޓޯބަރ 2025 04:09
0

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރަޖިސްޓްރީވެފައިވާ ތަނާ ޚިލާފު ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހަވީރު 6:00 އަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

މި ތިން ރަށުގެ ރައްޔިތުންގެ ތެރެއިން ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް (form.elections.gov.mv) ނުވަތަ މައި ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅިދާނެއެވެ.

މިހާރު ރަޖިސްޓްރީވެފައިވާ ތަން ޗެކްކުރަން ބޭނުންވާ ފަރާތްތަކަށް 1414 އަށް VR (Space) NID No ޖައްސައިގެން އެސްއެމްއެސް ފޮނުވުމުން ނުވަތަ pprvr.elections.gov.mv މެދުވެރިކޮށް މައުލޫމާތު ލިބިގެންދާނެއެވެ. ވޯޓުލާ ތަންތަނުގެ ފުރިހަމަ ލިސްޓު ސަރުކާރުގެ ގެޒެޓުގައި އަދި އީސީގެ ވެބްސައިޓުގައި ޢާންމުކޮށްފައިވެއެވެ.

އައްޑޫ އަތޮޅު މި ތިން ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ބާއްވާނީ އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.