އެއް ބިލިއަން ރުފިޔާ ދައުލަތަށް: 18 ރިސޯޓަކުން މުއްދަތު އިތުރުކޮށްފި

އެއް ބިލިއަން ރުފިޔާ ދައުލަތަށް: 18 ރިސޯޓަކުން މުއްދަތު އިތުރުކޮށްފި

Author
ހުސައިން
18 އޮކްޓޯބަރ 2025 09:41
0

ރިސޯޓް މުއްދަތު އިތުރުކުރުމުގެ ފީއަށް ގެނައި ބަދަލުތަކާއެކު 18 ރިސޯޓަކާއި ފަޅުން މުއްދަތު އިތުރުކޮށްގެން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ މައުލޫމާތުން ހާމަވާ ގޮތުގައި މި ފުރުސަތުގެ ދަށުން 15 ތަނަކުން 49 އަހަރަށް މުއްދަތު އިތުރުކޮށްފައިވާއިރު، ދެ ތަނަކުން 25 އަހަރަށް އަދި އެއް ތަނަކުން 20 އަހަރަށް މުއްދަތު އިތުރުކޮށްފައިވެ އެވެ. 49 އަހަރަށް މުއްދަތު އިތުރުކުރި ތަންތަނުގެ ތެރޭގައި ކ. ވިލަވަރު، ވ. އަލިމަތާ، ކ. ފިހާޅޮހި، ނ. ކުރިންމަވައްޓަރު، ނ. އެދުފަރުމަރި، ބޮޑުފުއްޓު، ކ. އެނބޫދޫ، ނ. މާކުރެންދޫ، އއ. ހަލަވެލި، ކ. ވާރެއްދޫގަރު، ކ. އިތާފުށި، ކ. އޮޅުވެލި، ދ. މެދުފުށި، ކ. ރަންފަރު އަދި ވ. އަމްރޮކް ކުންފުނީގެ ދެ ފަޅު ހިމެނެ އެވެ. މީގެ ތެރޭގައި 1981 ވަނަ އަހަރު ހުޅުވި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ފިހާޅޮހިވެސް ހިމެނެ އެވެ.

25 އަހަރަށް މުއްދަތު އިތުރުކުރީ އަރިއަތޮޅު މޫފުށި އަދި ހދ. މަނަފަރު ރިސޯޓުންނެވެ. އަދި 20 އަހަރަށް މުއްދަތު އިތުރުކުރި ތަނުގެ ތެރޭގައި ޖޭޑަބްލިއު މެރިއޮޓް ކުންފުނިން ހިންގާ ހަތަފަރު ފިނޮޅު ހިމެނެ އެވެ. މި އަހަރުގެ މިހާތަނަށް މުއްދަތު އިތުރުކުރުމުން ދައުލަތަށް 63.5 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި ޤަވާއިދަށް ގެނައި ބަދަލުތަކުން އިންވެސްޓަރުންނަށް ލުއިކަމެއް ހޯދައިދީ ދައުލަތަށް ލިބޭ މަންފާވެސް އިތުރުކޮށްދީފައިވެ އެވެ. އާ އުސޫލުން 99 އަހަރަށް މުއްދަތު އިތުރުކުރާ ފަރާތްތަކަށް ފައިސާ ބައިބަޔަށް ދެއްކުމުގެ ފުރުސަތު ލިބެ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދައްކަންޖެހޭއިރު، ހަ މަސް ފަހުން ދައްކާނަމަ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކަންޖެހެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.