ބިން ހިއްކުމަށް ޚާއްސަކޮށްގެން އެމްއޭސީއެލްއިން ކުންފުންޏެއް އުފައްދައިފި

ބިން ހިއްކުމަށް ޚާއްސަކޮށްގެން އެމްއޭސީއެލްއިން ކުންފުންޏެއް އުފައްދައިފި

Author
ހުސައިން
14 އޮކްޓޯބަރ 2025 02:50
0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބިން ހިއްކުމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ވަކި ކުންފުންޏެއް އުފައްދައިފި އެވެ. މި މަހުގެ ހަވަނަ ދުވަހު ސިޖިލް ކުރި މި ކުންފުނީގެ ނަމަކީ "ޕެނިންސޫލާ އިންފްރާސްޓްރަކްޗާ" އެވެ. މި ކުންފުނީގެ 100 ޕަސަންޓް ހިއްސާ އެމްއޭސީއެލް އަތުގައި އޮންނާނެ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް އަކީ މި އާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް މެއެވެ. ސަރުކާރުން އެމްއޭސީއެލް އަށް ހަވާލުކޮށްފައިވާ އެއާޕޯޓް އެޅުމުގެ އެކި މަޝްރޫއުތަކުގައި ބިން ހިއްކުމުގެ ބޮޑެތި މަސައްކަތްތަކެއް ހިމެނޭތީ އެމްއޭސީއެލް އިން މިފަދަ ހާއްސަ ކުންފުންޏެއް އުފެއްދުމަށް ނިންމީ އެވެ. އެމްއޭސީއެލް އިން މި ދާއިރާއަށް ވަންނަ އިރު، ރާއްޖޭގެ ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކުންފުނި އެމްޓީސީސީން ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.