ބިދޭސީންނަށް ރީޓެއިލް ވިޔަފާރި ކުރުން މަނާކޮށް، ގަވާއިދު ޝާއިއުކޮށްފި

ބިދޭސީންނަށް ރީޓެއިލް ވިޔަފާރި ކުރުން މަނާކޮށް، ގަވާއިދު ޝާއިއުކޮށްފި

ގުޅުންހުރި

ރާއްޖޭގައި ބޭރުމީހުން ރީޓެއިލް ވިޔަފާރި ކުރުން ހުއްޓުވައި، ދިވެހީންނަށް ވިޔަފާރީގެ ފުރުސަތުތައް ފުޅާކޮށްދިނުމުގެ ގޮތުން ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއަށް ސަރުކާރުން އިސްލާހު ގެނެސް މިއަދު ޝާއިއުކޮށްފިއެވެ.

އިގުތިސާދީ ތަރައްގީ ވުޒާރާއިން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުތަކަކީ ދިވެހި އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވާ ސިނާއަތްތައް ދިވެހީންނަށް ހާއްސަކުރުމަށް ކަނޑައަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. މި އިސްލާހުތަކުގައި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާ އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އިންވެސްޓަރުންނަށް ފުރުސަތު ފަހިވާނެ ގޮތްވެސް ހިމަނާފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މިހާރު ޝާއިއުކޮށްފައިވާ އެންޓްރީ ރިކުއަރމަންޓްސްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި ޝަރުތުތައް، ޖޮއިންޓް ވެންޗަރު އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެއެވެ.

ދިވެހީންނަށް މިހާރު ހާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް ހިދުމަތް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް، ބަންކަރިންގެ ހިދުމަތް އަދި 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިމެނެއެވެ. ވުޒާރާއިން ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު ބަދަލުތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ