އެއާޕޯޓް ފެންސް މަތިން އަރަން މަސައްކަތްކޮށް ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދިން ތިން ފިރިހެނުން ހައްޔަރުކޮށްފި

އެއާޕޯޓް ފެންސް މަތިން އަރަން މަސައްކަތްކޮށް ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދިން ތިން ފިރިހެނުން ހައްޔަރުކޮށްފި

Author
ހުސައިން
05 އޮކްޓޯބަރ 2025 10:15
0

ފުވައްމުލަކު އެއާޕޯޓްގެ ފެންސް މަތިން އަރަން މަސައްކަތްކުރަނިކޮށް އެކަން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި ތިން ފިރިހެނުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ސެޕްޓެމްބަރު 28 ވަނަ ދުވަހުގެރޭ ހެނދުނު 04:05 އަށް ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެއާޕޯޓްގެ ސެކިއުރިޓީ މުވައްޒަފުންނެވެ. މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ ހޯދަޑު ގުލްކޯޒުގޭ 28 އަހަރުގެ ހަސަން ހުމާމް މުހައްމަދާއި، ޒަމްހަރީރުގޭ 20 އަހަރުގެ އިބްރާހީމް ސިމަން އަހްމަދާއި، ފުނާޑު ޝުހާނާ 29 އަހަރުގެ ބައްސާމް ސައީދެވެ.

މި ތިން ފަރާތް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. މި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.