އެމްއޭސީއެލުން މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ފަށައިފި

އެމްއޭސީއެލުން މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ފަށައިފި

Author
އަހުމަދު
01 އޮކްޓޯބަރ 2025 08:53
0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިދިޔަ އަހަރު ވަޒީފާ އަދާކުރި މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް ފަށައިފިއެވެ. ރާއްޖޭގެ އެއާޕޯޓުތައް ހިންގާ މި ކުންފުނިން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވެސް ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ އުސޫލަކުން މި އަދަދު ބޯނަސްގެ ގޮތުގައި ދީފައެވެ.

އެމްއޭސީއެލުން އަހަރީ ބޯނަސް ދިނުމުގައި ގެންގުޅޭ އުސޫލުގެ ދަށުން، އަހަރުގެ ހަ މަސްދުވަހަށްވުރެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރި މުވައްޒަފުންނަށް މި ބޯނަސް ފުރިހަމައަށް ލިބޭނެއެވެ. އަދި ހަ މަސްދުވަހު ވަޒީފާ އަދާކުރުމަށްފަހު ވަކިވި މުވައްޒަފުންނަށް ވެސް މަސައްކަތްކުރި މުއްދަތަށް ރިޢާޔަތްކޮށް ބޯނަސް ދޭނެއެވެ.

އެހެންނަމަވެސް އަޚުލާގީ މައްސަލައެއް ދިމާވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް މި އަހަރީ ބޯނަސް ނުލިބޭނެ ކަމަށް ކުންފުނިން ހާމަކޮށްފައިވެއެވެ. މިއީ ކުންފުނީގެ ބޯނަސް ދިނުމުގެ ސިޔާސަތުގައި ހިމެނޭ މުހިންމު ނުކުތާއެކެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކުންފުންޏަކީ އެމްއޭސީއެލްއެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަދޭ ހަމައެކަނި ކުންފުނި ވެސް މެއެވެ. މިހެންކަމުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކަން ފާހަގަކުރެވޭއިރު، މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަކީ ކުންފުނިން އިސްކަންދޭ ކަމެއްގެ ގޮތުގައި ފެންނަމުން އަންނަކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.