ތ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ތ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

Author
އަހުމަދު
21 ސެޕްޓެމްބަރ 2025 03:01
0
ތ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ތ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްްޒު މިހާރު ހަތަރު އަތޮޅަކަށް ފައްޓާވާ ދަތުރުފުޅުގައި ތ. އަތޮޅަށް އެމަނިކުފާނު ވަޑައިގަތުމާއި ދިމާކޮށެވެ. 
އެމްޓީސީސީން ބުނީ ތ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އާރުޓީއެލް ސްޕީޑް ފެރީތައް މިއަދު އެ އަތޮޅަށް ފުރާފައިވާކަމަށެވެ. އާރުޓީޢެލްހެ ހިދުމަތް އުތުރުން ދެކުނަށް ފުޅާވަމުން އަންނައިރު އެ ހިދުމަތުން  ރައްޔިތުންނަށް ލިބެމުންދާ އިޖްތިމާއީ އަދި އިގްތިސާދީ ފައިދާޔަކުގެ ސަބަބުން ފަހުރުވެރިވާކަމަށް އެމްޓީސީސީން ބުނެއެވެ. 

ތ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗު މާލެއިން ފުރައިގެން އެ އަތޮޅަށް ދަތުރުކުރަނީ

އާރުޓީއެލްގެ ހިދުމަތް އެންމެ ފަހުން  ފެށީ ބ. އަތޮޅުގައެވެ. 

ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅާއި ރ. އަތޮޅުގައި މި ހިދުމަތް ފެށި މި ސަރުކާރުންނެވެ. ތ. އަތޮޅުގައި ހިދުމަތް ފެށުމުން 12 އަތޮޅުގައި މި ހިދުމަތް ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ، ބ، ޅ ތ، ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ.

އެމްޓީސީސީން ބުނީ ބާކީ އޮތް 08 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.