އާރްޓީއެލް ފެރީ ހިދުމަތް އިތުރު ފަސް އަތޮޅަކަށް ފުޅާކުރުމަށް މިމަހު ދިރާސާ ފަށާނެ

އާރްޓީއެލް ފެރީ ހިދުމަތް އިތުރު ފަސް އަތޮޅަކަށް ފުޅާކުރުމަށް މިމަހު ދިރާސާ ފަށާނެ

Author
ހުސައިން
03 ސެޕްޓެމްބަރ 2025 01:54
0

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އިތުރު ފަސް އަތޮޅެއްގައި ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާގެ މަސައްކަތް މި ސެޕްޓެމްބަރު މަހު ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއެކު މަޝްވަރާތައް ކޮށްފައިވެއެވެ. މި ދިރާސާގައި ހިމެނޭނީ ހަތަރު ޒޯނެއްގައި އާރްޓީއެލް ފެރީ ހިދުމަތް ދިނުމުގެ ފުރުސަތު ބެލުމެވެ.

އާރްޓީއެލް ފެރީ ހިދުމަތް ފެށުމަށް ރާވާފައިވާ ފަސް އަތޮޅަކީ މީމު އަތޮޅާއި، ފާފު އަތޮޅާއި، ދާލު އަތޮޅާއި، ތާ އަތޮޅުގެ އިތުރުން ލާމު އަތޮޅެވެ. މި އަތޮޅުތަކުގައި ފެރީ ހިދުމަތް ދިނުމުގެ ދިރާސާ މި ސެޕްޓެމްބަރު މަހާއި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ލަފާކުރެއެވެ.

މިހާރު އާރްޓީއެލްގެ ފެރީ ހިދުމަތް ރާއްޖޭގެ 11 އަތޮޅެއްގައި ދެމުންގެންދެއެވެ. އެގޮތުން ތިލަދުންމަތީ އުތުރުބުރީ، ތިލަދުންމަތީ ދެކުނުބުރީ، މިލަދުންމަޑުލު އުތުރުބުރީ، މިލަދުންމަޑުލު ދެކުނުބުރީ، މާޅޮސްމަޑުލު އުތުރުބުރީ، މާޅޮސްމަޑުލު ދެކުނުބުރީ، ފާދިއްޕޮޅު، ކޮޅުމަޑުލު، ހުވަދުއަތޮޅު އުތުރުބުރީ، ހުވަދުއަތޮޅު ދެކުނުބުރީ އަދި އައްޑޫ ސިޓީގައި މި ހިދުމަތް ފޯރުކޮށްދެމުންދާއިރު، އިތުރު ފަސް އަތޮޅެއްގައި މި ހިދުމަތް ފެށުމުން ޖުމްލަ 16 އަތޮޅަކަށް މި ހިދުމަތް ފުޅާވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.