މަތިވެރީގެ އެއަރޕޯޓް ތަރައްޤީކުރުމާއި ބިން ހިއްކުން އެމްއޭސީއެލް ހަވާލުކޮށްފި

މަތިވެރީގެ އެއަރޕޯޓް ތަރައްޤީކުރުމާއި ބިން ހިއްކުން އެމްއޭސީއެލް ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2025 11:17
0
އއ. މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ޢިމްރާން އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދެވެ.

މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރުގެ ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއެކު، ޓެކްސީވޭ އަދި އޭޕްރަން ހެދުމުގެ އިތުރުން ފަސިންޖަރުން ބޭނުންކުރާނެ ޓާމިނަލްއެއް އަދި ފަޔަރ ސްޓޭޝަނެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައްވެސް ތަރައްޤީކުރެވޭނެއެވެ.

"މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅުޖެހޭނެ ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. "އެއަރޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ."

މި މަޝްރޫޢަކީ "ކްރޮސް ސަބްސިޑީ" އުޞޫލުން ކުރިއަށް ގެންދެވޭ މަޝްރޫޢެއް ކަމަށްވާއިރު، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިއަހަރުގެ މެއި މަހު ވަނީ އިޢުލާން ކުރެވިފައެވެ. މި މަޝްރޫޢަކީ ސަރުކާރުން މިއަހަރު އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.