އީޕީއޭ އުވާލުމުން ތިމާވެށްޓާއިބެހޭ ރެކޯޑުތައް ވުޖޫދުން ފުހެވިގެންދާނެ: ޝާހިދު

އީޕީއޭ އުވާލުމުން ތިމާވެށްޓާއިބެހޭ ރެކޯޑުތައް ވުޖޫދުން ފުހެވިގެންދާނެ: ޝާހިދު

Author
ހުސައިން
12 އޮގަސްޓް 2025 11:05
0

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އުވާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީސްމީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓްތަކުގައި ވިދާޅުވީ ދިވެހިރާއްޖެއިން އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އައިސްފައިވަނީ، ތަރައްޤީ ހޯދުމަކީ ތިމާވެށި ގެއްލޭގޮތަށް ކުރެވިގެންވާނެ ކަމެއް ނޫންކަމުގައި ޤަބޫލު ކޮށްގެންކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އީ.ޕީ.އޭ އުވާލަން ނިންމި ނިންމުމަކީ މި ޤަބޫލު ކުރުމާއި ޚިލާފު ކަމެއްކަމަށާއި، މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގައި އެތައް އަހަރުތަކެއް ވަންދެން ކުރެވިފައިވާ މަސައްކަތްތައް ގެއްލިގެން ދިޔަ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އީޕީއޭ އުވާލުމުން ތިމާވެށްޓާއިބެހޭ ރެކޯޑުތައްވެސް ވުޖޫދުން ފުހެވިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މީގެ ސަބަބުން މޫސުމީ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި، އހޯދާފައިވާ ނަމާއި އިތުބާރު ގެއްލިގެންދާނެކަމެއް ކަމުގެ ކަންބޮޑުވުންވެސް ޝާހިދު ފާޅުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.