ލާމަރުކަޒީ ގާނޫނުގެ އިސްލާޙާ ދެކޮޅަށް ހުރިހާ ކައުންސިލަކުންވެސް އަޑު އުފުލަން ޖެހޭ: ޝާހިދު

ލާމަރުކަޒީ ގާނޫނުގެ އިސްލާޙާ ދެކޮޅަށް ހުރިހާ ކައުންސިލަކުންވެސް އަޑު އުފުލަން ޖެހޭ: ޝާހިދު

Author
ހުސައިން
04 އޮގަސްޓް 2025 09:45
0

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާޙާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން އަޑު އުފުލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ކައުންސިލްތަކުގެ މާލީ ބާރުތަކާ ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙަކީ ކައުންސިލްތަކުގެ މާލީ މިނިވަންކަން ގެއްލި، ލާމަރުކަޒީ ނިޒާމު ފަހަތަށް ސޮއްސާލާނެ އިސްލާޙެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި އިސްލާޙުގެ ސަބަބުން ފާއިތުވި މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި، ލާމަރުކަޒީ ނިޒާމު ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި އިސްލާޙާ ދެކޮޅުކަން ސަރުކާރަށް އެންގުމަށް، ކައުންސިލްތަކުން އަޑު އުފުލުމަށް ގޮވާލަން،" ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުގައި، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ތަންތަނުން ކުލި ނުނެގޭނެ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ކައުންސިލްތަކަށް ދައުލަތުން ދޭންޖެހޭ ފައިސާއިން، ޓެކްސްއާއި ޔުޓިލިޓީ ބިލްތަކަށް ނުދައްކާ ފައިސާ އުނިކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި، ޚިދުމަތްތަކާއި ވަސީލަތްތައް މަރުކަޒުކޮށް، ރައްޔިތުންގެ މައްޗަށް ނުޙައްޤު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެރިންނަށް ނުލިބޭނެ ގޮތަކަށް އެމްޑީޕީން ވުޖޫދުކުރި ނިޒާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.