އާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

އާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

Author
ހުސައިން
03 އޮގަސްޓް 2025 09:59
0

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ޚިދުމަތް ފުޅާކުރުމަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މި އެހީގެ ދަށުން އާރްޓީއެލްއަށް 12 އައު ފެރީ ބަނުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިންޑިއާގެ މި ހިލޭ އެހީގައި ފެރީތައް ބިނާކުރުމުގެ އިތުރުން ޒޯން 2 ގައި ގާއިމުކުރާ ފެރީ ޓާމިނަލްގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މިހާރުވެސް ބެކަޕް ފެރީގެ ގޮތުގައި ބޭނުންކުރުމަށް 4 ފެރީ ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާރްޓީއެލްގެ ފެރީ ޚިދުމަތް މިހާރު ރާއްޖޭގެ 11 އަތޮޅެއްގައި ދެމުންދާ ކަމަށް ޔާސިރު ވިދާޅުވިއެވެ. މި ޚިދުމަތް ލިބެމުންދަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ. ސަރުކާރުގެ ލަނޑުދަނޑިތަކުގެ ތެރެއިން އެއް ލަނޑުދަނޑިއަކީ މި އަހަރު ނިމުމުގެ ކުރިން އާރްޓީއެލް ފެރީ ޚިދުމަތް ރާއްޖޭގެ އެންމެހައި ސަރަހައްދުތަކުގައި ފެށުން ކަމަށް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.