އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިޖާޓޯއަށް ބައްދަލުކުރައްވައިފި އެވެ.
މި ބައްދަކުރެއްވުން ބާއްވާފައިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގަ އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާތް އެކުވެރިއެއް ކަމަށްވާ އަދި ހަންގޭރީގެ ފޮރިން މިނިސްޓަރު ބައްދަލުކުރެއްވުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ.
It was great meeting my dear friend, the Minister of Foreign Affairs and Trade of #Hungary, Péter Szijjártó @FM_Szijjarto in Budapest today.
We discussed a wide range of topics, including various conflicts around the world, and agreed that peace is now more urgent than ever.
— Abdulla Shahid (@abdulla_shahid) August 1, 2025
އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ދުނިޔޭގައި މިހާރު ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކާއި އެކަންތަކައް ސުލްހަ ގެނައުމުގެ މުހިންމުކަން ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ދެ ބޭފުޅުންވެސް ހަމަނުޖެހުންތަކަށް ސުލްހަ ގެނައުން އަވަސްކުރަން ޖެހިފައިވާކަން ގަބޫލުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ