ރައީސް އޮފީހަށް ދެ އަހަރުދުވަހުގެ މުއްދަތަށް މާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

ރައީސް އޮފީހަށް ދެ އަހަރުދުވަހުގެ މުއްދަތަށް މާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

Author
ހުސައިން
16 ޖުލައި 2025 09:11
0

ރައީސް އޮފީހުގެ ހާއްސަ ބޭނުންތަކަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިއުލާނެއް ކޮށްފިއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ޖުލައި 20 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ކުންފުނީގެ ނަމާއި، ބިޑު ހުށަހަޅާ ފަރާތުގެ މަޢުލޫމާތާއި، އީމެއިލް އެޑްރެހާއި ފޯނު ނަންބަރު [email protected] އަށް ފޮނުވަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މަލުގެ އިންތިޒާމުގެ އަދަދާއި ގެންނަން ޖެހޭ ދުވަސްތައް:

  • މަލުގެ އިންތިޒާމު ހުންނަންވާނީ ތިރިކޮށް، އޯވަލް ޝޭޕަށް.
  • މަލުގެ އިންތިޒާމު ތައްޔާރު ކުރަންވާނީ ތިން ދުވަހަށް މޯޅިނުވެ ހުންނަގޮތަށް ތާޒާ ރީތި މަލުން.
  • މަލުގެ އިންތިޒާމެއްގެ ދިގުމިނަކީ 18 އިންޗި. މިތަކެތި ގެންނަންވާނީ ކޮންމެ ހަފްތާއަކު ދެ ދުވަހު (ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު) ހަވީރު 4:00 އަށް.
  • ކޮންމެ ދުވަހަކުވެސް ގެންނާނީ، މަލުގެ ހަ އިންތިޒާމު.
  • އެއްވެސް ސަބަބަކާހުރެ މާ ގެންނަން ޖެހޭ ދުވަހަށް ނުގެނެވިއްޖެނަމަ، ނުވަތަ ގެންނަން ޖެހޭ މަލުގެ އިންތިޒާމުގެ އަދަދު ބަދަލު ކުރަން ޖެހޭނަމަ އެކަން ރައީސް އޮފީހަށް އަންގަން ޖެހޭ.

އެއްވެސް ސަބަބަކާހުރެ ކަނޑައެޅިފައިވާ ދުވަހަށް މާ ނުގެނެވިއްޖެނަމަ ނުވަތަ ގެންނަންޖެހޭ އަދަދަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ކުރިން ރައީސް އޮފީހަށް އެންގުމަކީ ސަޕްލައިކުރާ ފަރާތުގެ ޒިންމާއެއް ކަމަށް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ރައީސް އޮފީހަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އޮފީހުން އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.