ކަންގަނާ އަށް އުރުމީލާގެ ވަރުގަދަ ރައްދެއް

ކަންގަނާ އަށް އުރުމީލާގެ ވަރުގަދަ ރައްދެއް

އެކްޓަރ އުރްމިލާ މަތޯޑްކަރް، ޑިސެމްބަރ މަހު ޝިވް ސެނާ ޕާޓީއާ ގުޅުމަށްފަހު 3 ކަރޯޑަށް އޮފީހެއް ގަތުމުން އެކްޓަރ ކަންގަނާ ރަނާވަތު ކިޔާފައިވާ ފާޑުކިޔުމަށް  އުރްމިލާ ވަރުގަދަ ރައްދެއްދީފި އެވެ.

އުރްމިލާ ބުނީ އޭނާގެ އާ އޮފީހަކީ، ފިލްމު އިންޑަސްޓްރީގައި 25 ވަރަކަށް އަހަރު މަސައްކަތްކުރުމަށްފަހު، 2011 ގައި އޭނާ ގަނެފައިވާ ފްލެޓެއް ވިއްކާލުމަށްފަހު ގަތް އޮފީހެއްކަމާއި އެކަމުގެ ހެކިވެސް އޭނާގެ އަތުގައި އެބައޮތްކަމަށެވެ. އަދި އޭނާ މިހުރީ ހުރިހާ މުއާމަލާތެއްވެސް ދައްކަން ތައްޔާރަށްކަމަށްވެސް އުރްމިލާ ބުނެފައިވެއެވެ.

46 އަހަރުގެ އުރްމިލާ ބުނިގޮތުގައި އޭނާ އާދެކޮޅަށް ވާހަކަދައްކާ މީހުން މަސައްކަތްކުރީ އޭނާ ބަދުނާމު ކުރުމަށް ކަމަށާއި އެމީހުން އޭނާގެ ނަމާއި ފިރިމީހާގެ ނަމާއި އަދި އާއިލާގެ ނަން ހަރާބުކުރަން ކުރިންވެސް މަސައްކަތްކުރިކަމަށެވެ. އަދި ކުރިންވެސް އެއްވެސް ކަމެއްނުކުރެވުނު އިރު މިހާރުވެސް ނުވާނެކަމަށް އުރްމިލާ ބުންޏެވެ. މީގެ އިތުރުން އުރްމިލާ ބުނީ އޭނާ އެއްވެސް ކަމެއް ނުފޮރުވާނެކަމަށާއި އޭނާއާމެދު ސުވާލު އުފެއްދިއެންމެން އެކަން ސާބިތުނުކުރެވެންޏާ ޖެހޭނީ އޭނާގެ ކައިރިން މާފަށް އެދެންކަމަށެވެ.

ކަންގަނާގެ އެހެން ތުހުމަތެއް ކަމުގައިވާ އުރްމިލާގެ ދީނާއި ކައިވެންޏާ ގުޅޭ ގޮތުން ކުރި ތުހުމަތަށް ރައްދެއްގެ ގޮތުގައި ބުނެފައިވަނީ ކަންގަނާއަކަށް އެކަމާ ގުޅޭގޮތުން ކަންބޮޑުވާކަށް ނުޖެހޭނެކަމަށާއި ކަންގަނާ އެ ވާހަކަދައްކައިގެން އެންމެންގެ ސަމާލުކަން ހޯދީ ކުރިންދެއްކި އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ފޮރުވުމަށް ކަމަށެވެ.

ކަންގަނާއާއި އުރްމިލާ ސޯޝަލްމީޑިއާގައި އެކަކު އަނެކަކަށް ތުހުމަތުކުރަން ފެށީ މި ދިޔަ އަހަރު ސެޕްޓެމްބަރ މަހު ކަންގަނާ މުމްބާއީ އާއި ޕާކިސްތާނާ އަޅާކިޔުމުންނެވެ. މިކަމާ ގުޅޭގޮތުން އުރްމިލާ ބުނެފައިވަނީ އޭނާ އެކަމާއި ގުޅޭ ގޮތުން އަޑު އުފުލީ އެހެން ގައުމެއްގެ ޗީފް މިނިސްޓަރަށާއި ޕޮލިހުންނަށް ފާޑުކިޔުމުން ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *