ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުވީ ކުޅުންތެރިން މެޗުތަކެއް ނުކުޅެ ހުރުމުން ފިޓްނަސްގެ މައްސަލަތަކެއްގެ ސަބަބުން ކަމަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު ބުނެފިއެވެ.
މެޗާ ބެހޭގޮތުން މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރު ބުނީ ބަދަލުތަކެއް ގެނެސްގެން މަސައްކަތްކުރީ ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށާއި އެކަމަކު އެ ކުޅުންތެރިން މެޗުތަކެއް ނުކުޅެ ހުރުމުން ފިޓްނަސްގެ މައްސަލަތަކެއް ފެނުނު ކަމަށެވެ. ޖުމްލަކޮށް ބަލާއިރު ބަދަލުގައި އެރި ކުޅުންތެރިންނަށް ވެސް އެންމެ އެކަށީގެންވާ ކުޅުމެއް ދައްކަން އުނދަގޫވި އެއް ސަބަބަކީ ގާތްގާތުގައި އެއް ޓީމެއް މާ ބޮޑަށް ބޭނުންކުރެވިފައި ހުރުމުން ކަމާށާއި އާ ކޯޗާ އެކު ކަންތައްތައް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މި މެޗަށް މި ނުކުތީ ފަސް ވަރަކަށް ބަދަލުކޮށްގެން. ކޮންމެ ގޮތެއް ވިޔަސް ތިން ޗޭންޖްކުރެވެނީ. އެ ތިން ޗޭންޖަށް ފަހު ވެސް ފެނުނު ދަނޑުމަތިން ވަރުބަލިކަން ގިނަ ދުވަހު ނުކުޅެ ތިބި ޕްލޭޔަރުންގެ ފަރާތުން.
– ސުޒޭރު ބުނެފައިވެއެވެ.
މާޒިޔާ އަށް ހަތަރު މެޗުން ލިބިފަވަނީ އަށް ޕޮއިންޓެވެ. މާޒިޔާ އޮތީ ލީގުގެ ދެވަނައިގައެވެ.
ކޮމެންޓު ފޮނުވާ