ކޮމޭޑިއަން ކަޕިލް ނުކުޅެ ދޫކޮށްލި ފިލްމުތަށް!

ކޮމޭޑިއަން ކަޕިލް ނުކުޅެ ދޫކޮށްލި ފިލްމުތަށް!

ގުޅުންހުރި

ފިލްމު "އޭކޭ ވީއެސް އޭކޭ" ރިލީސްކުރުމަށްފަހު މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާގެ "ދަ ކަޕިލް ޝަރްމާ ޝޯވ" އިން އަނިލް ކަޕޫރު ފެނިގެންދާނެއެވެ. ސޮނީން އާންމުކުރި ޕޮރޮމޯއެއްގައި ދެން އަންނަ އެޕިސޯޑުގައި އަނިލް ކަޕޫރު ކަޕިލްއަށް ދިން ރޯލްތައް ރިޖެކްޓްކުރި ވާހަކަ އަނިލް އެންމެނަށް ހިއްސާކުރެއެވެ.

ޕްރޮމޯ ފެށިގެންދަނީ އަނިލް، ކަޕިލް ކައިރީގައި އޭނާ ދިން ރޯލުތައް ރިޖެކްޓުކުރީކީއްވެތޯ ސުވާލުކުރާ ތަނުންނެވެ. އަދި ޖަވާބުގައި ކަޕިލް ބުނެފައިވަނީ 24 ސީރީސްއަށް އޭރު އެޕްރޯޗްކޮށްފައިވުމުން އުފާވިކަމަށާއި ނަމަވެސް އޭރު އާ ޝޯވއެއްގައި މަސައްކަތް ކުރަމުން ދިއުމުން ނުވީކަމަށެވެ. އަދި އަނިލް މަޖާ ރާގަކަށް ޝޯވ ނުނަގާ ތިކުރީ ވަރަށް ރަނގަޅުކަމެކޭ ވަނީ ބުނެފައެވެ.

އެއަށްފަހު ކަޕިލްކައިރީ އަލުން "ވޯ ސާތް ދިން" އުފެއްދުމަށް އަނިލް ބުނިކަމަށެވެ. އަދި އަނިލް "މުބާރަކާން" އަދި "ޕްރިޔާދަރްޝަންސް ތެޒް" ވެސް ރިޖެކްކުރިކަން ވަނީ ކަޕިލްއަށް ހަނދާންކޮށްދީފައެވެ.

 

View this post on Instagram

 

A post shared by Kapil Sharma (@kapilsharma)

އެއާއެކު ކަޕިލް އަނިލް ކައިރީ އަދިވެސް ވަރަށް ގިނަ ޕްރޮޖެކްޓުތައް އޭނާއަށް ދެއްޗޭ ވަނީ ބުނެފައެވެ. މި ވާހަކައަށް ރައްދުދެމުން ސަމާސާ ރާގަކަށް އަނިލް ބުނަނީ މިހާރު އޭނާވެސް ކުޅޭނީ ބައްޕަގެ ރޯލުކަމަށާއި ކަޕިލްގެ ބައްޕަ ނޫނީ ބޭބެއެއްގެ ރޯލު ލިބިއްޖެއްޔާ އެނާއަށް އޮފާކުރާނެކަމަށެވެ.

ހެމުން ކަޕިލް ބުނެފައިވަނީ އަހަރެމެން ދެމީހުން ހީވާނީ ބައްޕައާއި ދަރިހެންކަމަށާއި ނަމަވެސް އަނިލް އަށް ބައްޕަގެ ރޯލު ދިނުމަށްފަހުވެސް ސްކްރީނުގައި ކަޕިލްއަކީ ބައްޕަހެން ހީވެދާނެކަމަށެވެ.

ކަޕިލް އެކްޓިންގެ ދާއިރައަށް ނުކުމެފައިވަނީ 2015 ގައި ފިލްމު "ކިސްކިސްކޯ ޕިޔާރު ކަރޫން" އިންނެވެ. އެއަށްފަހު 2017 ގައި ކަޕިލް ފިލްމު "ފިރަންގީ" ޕްރޮޑިއުސްކޮށްފައި ވާއިރު އޭގެ ލީޑު ރޯލުވެސް އަދާކޮށްފައިވަނީ ކަޕިލްއެވެ.

ފިލްމު "އޭކޭ ވީއެސް އޭކޭ" ވަނީ މިހާރު ނެޓްފްލިކްސްގައި ރިލީސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ