ބަޔަކު މީހުން ގަސްތުގައި، ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ކަމަށްވާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ޝަހީދުކޮށްލައިފައިވާ ކަމަށް ޔަގީންވެއްޖެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރުގެ މޭ 22 ގައި އަވަހާރަވި، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދުގެ މަރާމެދު ކުރިން ހިތުގައި އުފެދިފައިވާ ޝައްކު މިހާރު ޔަގީންވެއްޖެ ކަމަށް ޝެއިޚް އިމްރާން އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައި ވެއެވެ.
"ޑރ އަބްދުލްމަޖީދު ރަޙިމަހުﷲ ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެއެވެ. އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ،" އިމްރާން ލިޔުއްވާފައި ވެއެވެ.
ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެއެވެ.
އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.— Imran Abdulla (@ShimranAb) June 14, 2025
ނަމަވެސް، ޑރ. މަޖީދު އަވަހާރަވިތާ 6 އަހަރު ފާއިތުވެފައިވާއިރު، މިފަދަ ތުހުމަތެއް އެއްވެސް ފަރާތަކުން މީގެ ކުރިން ކޮށްފައެއް ނުވެއެވެ. އަދި އިމްރާން މި ތުހުމަތު ކުރެއްވި ސަބަބާއި، އެކަމާ ގުޅޭ އިތުރު ތަފްސީލުތައްވެސް ހާމަކުރައްވާފައެއްވެސް ނުވެއެވެ.
ގަތްލުގެ ޝިކާރައަކަށްވި ދީނީ އިލްމުވެރިންގެ ތެރޭގައި ޑރ. އަފްރާޝީމް އަލީވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އޭނާއަކީވެސް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާއިރު، 2012 ވަނަ އަހަރު އޮކްޓޫބަރު މަހު ޝަހީދުކޮށްލެވިފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ