އިރާނުން އިސްރާއީލަށް ރައްދު ހަމަލާ ދޭން ފަށައިފި

އިރާނުން އިސްރާއީލަށް ރައްދު ހަމަލާ ދޭން ފަށައިފި

Author
ހުސައިން
13 ޖޫން 2025 11:48
0

އިސްރާއީލުން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން އިސްރާއީލަށް މިސައިލް ހަމަލާ ދޭން ފަށައިފިއެވެ.

އިރާން އިން ދެމުންދާ ރައްދު ހަމަލާތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

  • އިސްރާއީލުގެ ޓެލްއަވީން ސައިރަން އަޑު އިވެމުންދާއިރު، އިސްރާއީލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުކުރެވޭއިރު، ތެލް އަވީވްގައި ވަނީ ގޮވުންތަކުގެ އަޑުއިވެން ފަށާފަ.
  • އިސްރާއީލުގެ ސިފައިން އީރާނުގެ މިލިޓަރީ އަދި ނިއުކްލިއަރ ތަންތަނާއި، ބޮޑެތި ސިޓީތަކަށް ދަނީ ހުއްޓުމެއް ނެތި ހަމަލާ ދެމުން.
  • އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ތެހްރާން އައުމުން ބޮމުގެ ހަމަލާތައް ހުއްޓުމަކަށް އަންނާނެ ކަމަށް. އަދިވެސް އެކަމަށް ވަގުތު އޮތްކަމަށް.
  • އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމެނެއީ ވަނީ އިސްރާއީލަށް އިންޒާރު ދީފަ. އޭނާ ވިދާޅުވެފައިވަނީ، އީރާނަށް ހަމަލާ ދިނުމާއި މިލިޓަރީގެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން 6 ބޭފުޅަކު މަރާލުމުގެ "ކުށަށް" "ކަޑައެޅޭ އަދަބު" އިސްރާއީލުން ބަލައިގަންނަންޖެހޭނެ ކަމަށް.
  • އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވީ، ބޭނުންވާ މުއްދަތަކަށް މިލިޓަރީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް.
  • އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެފައުވަނީ، މި ހަމަލާތަކުގައި އެމެރިކާ "ބައިވެރިވެފައި ނުވާ" ކަމަށާއި، ސަރަހައްދުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ނުދިނުމަށް އީރާނަށް އިންޒާރު ދޭ ކަމަށް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.