ގެއްލުނު ޖަޕާނު ފަތުރުވެރިއާ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލުނު ޖަޕާނު ފަތުރުވެރިއާ މަރުވެފައި އޮއްވާ ފެނިއްޖެ

Author
ހުސައިން
13 ޖޫން 2025 10:02
0

މާލެ އަތޮޅު މާފުށި ކައިރީގައި ޑައިވް ކުރަމުން ދިޔަ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއާ މިއަދު މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މި ފަތުރުވެރިޔާ މަރުވެފައި ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދު ހަވީރު 17:17 ގައި ފަތުރުވެރިޔާގެ ހަށިގަޑު ނަގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކަނޑޫމާ ތިލަ ކައިރިއަށް ޑައިވިންއަށް ފޭބި ފަތުރުވެރިޔާ ގެއްލިގެން ގޮސްފައިވާތީއެވެ. އޭނާ ގެއްލިފައިވާ ކަން ފާހަގަކުރެވި، ހޯދަން ފެށީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.