އުތުރުގެ ބައެއް ސަރަހައްދުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

އުތުރުގެ ބައެއް ސަރަހައްދުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

Author
ހުސައިން
13 ޖޫން 2025 03:06
0

މޫސުމާ ބެހޭ ގައުމީ އިދާރާއިން އުތުރުގެ ބައެއް އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މި އިންޒާރު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 17:30 އާ ދެމެދުގެ ވަގުތަށެވެ.

މެޓް އޮފީހުން ދިން މަޢުލޫމާތުގައިވާ ގޮތުން މި މުއްދަތުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރުމާއެކު އަޑުގަދަ ވައި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. ވައިގެ ބާރުމިން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މޫސުމުގެ ހާލަތު ގޯސްވެ ކަނޑުތައް ގަދަވުމާއެކު، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް މެޓުން ފާހަގަކުރެއެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގެ ރައްޔިތުން، ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.