6 ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

6 ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Author
ހުސައިން
12 ޖޫން 2025 04:01
0

6 ގައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  1. ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން- ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ސްޓެލާ ނޮކޮމޯ
  2. އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ސަރްދޯ ރުސްތަމްބޭވް
  3. ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރަސްމުސް އެބިގޯޑް ކްރިސްޓެންސެން
  4. ދި ހެލެނިކް ރިޕަބްލިކްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ އަލިކި ކޫޓްސޮމިޓޮޕޫލޫ
  5. ޔުގަންޑާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޕްރޮފެސަރ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާ
  6. ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް

ފަތްކޮޅު އެރވުމުގެ ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

މި ހުރިހާ ސަފީރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.