ބޮލީވުޑްގެ ޒުވާން 2 ތަރި، އިޝާން ޚައްތަރާއި އަނަނިޔާ ޕާންޑޭ ރާއްޖޭގައި ޗުއްޓީހޭދަކުމަށްފަހު އެނބުރި މުމްބާއީއަށް ހިނގައްޖެއެވެ.
އެދެމީހުން އެކުގައި ރާއްޖެއައިސް އެކުގައި އެއްރިސޯޓުގައި ޗުއްޓީހޭދަކުރުމަށްފަހު މިރޭގެ ވަގުތެއްގައި ވަނީ މުމްބާއީއަށް ގޮސްފައެވެ. މުމްބާއީ އެއަރޕޯޓުން ދެމީހުން އެކުގައި ނުކުންނަނިކޮށް ފޮޓޯގްރާފަރުންނަށް ވަނީ ފެނިފައެވެ.
އާ އަހަރު ފާހަގަކުރުމަށް އެކުގައި ރާއްޖެއައި މި ދެތަރިން ޗުއްޓީހޭދަކުރީ ސަން ސިޔާމް އިރުވެލި ރިސޯޓުގައެވެ. ދެތަރިންގެ ޗުއްޓީގެ ގިނަ ފޮޓޯތަކާއި ވީޑިއޯތަށް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އެގޮތުން އެންމެފަހުން ރޭގައި އަނަނިޔާ އޭނަގެ އިންސްޓަގްރާމް އެކައުންޓުން ފޭނުންނަށް ދައްކާލި ފޮޓޯ ފާހަގަކޮށްލެވެއެވެ. އެފޮޓޯގައި އޭނާ ފެންނަނީ ހުދާއި ނުލުގެ ޖިންސެއްގައި އަދި ހުދު ޓިއުބެއް ލައިގެންނެވެ. މި ފޮޓޯއިން އޭނާ ވަރަށް ބޮޑަށް ޓޭން ވެފައިވާކަން ފާހަގަވެއެވެ. އެކަން ފާހަގަކޮށް އެކްޓަރ އާލިއާ ބަޓްވެސް ވަނީ ފޮޓޯއަށް ކޮމެންޓްކޮށްފަ އެވެ.
އިޝާންގެ އެންމެ ފާހަގަކޮށްލެވެނީ އޭނާ ސްނޯކްލިންއަށް ދާންވެގެން ތައްޔާރުވެ އިނދެ ނަގާފައިވާ ފޮޓޯއަކާއި ކޯމަސް ބަލަން ދާވީޑިއޯއެވެ. މީގެ އިތުރުން އިރުފުށި ރިސޯޓުގެ އެކި ތަންތާ އެލި ވަރަށް އެތުލެޓިކް ކޮށް އިޝާން އުޅޭ ވީޑިއޯތައްވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވެއެވެ.
މީގެ އިތުރުން 2 މި ދެތަރިންވެސް ވަނީ އާ އަހަރުގެ ފުރަތަމަރޭގެ ހަނދު ފެންނަގޮތަށް ފޮޓޯނަގައި އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
އިޝާނާއި އަނަނިޔާ އެންމެ ފަހުން ފެނިފައި ވަނީ ދެތަރިން އެކުގައި ކުޅުނު "ޚާލީ ޕީލީ" އިންނެވެ. މިފިލްމު ވަނީ މިދިޔައަހަރު އޮކްޓޫބަރު މަހު އޮންލައިން ޕްލެޓްފޯމެއްގައި ރިލީސްކޮށްފައެވެ. އެއައަށްފަހު މިދެތަރިންގެ ގުޅުމާބެހޭގޮތުން ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ.
އިޝާންގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭ "ޕިއްޕާ" ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އަނަނިޔާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ޝަކުން ބަތުރާ ފިލްމެއްހިމެނެއެވެ. ވަކި ނަމެއް އަދި މިހާތަނަށް ދީފައި ނުވާ މި ފިލްމުގައި އޭނާ ފެނިގެން ދާނީ ދީޕިކާ އާއި ސިދްހާންތު ޗަތުރުވެދީ އާއެކުއެވެ. މީގެ އިތުރުން ޕޭން އިންޑިއަން މޫވީގެ ފިލްމު "ފައިޓާ" އަދި އޮތީ ކުރިއަށެވެ.