މިއަހަރު ހައްޖައްދާ ދިވެހި ހައްޖާޖީންގެ ފަހު ގުރޫޕް މިއަދު ފުރައިފި

މިއަހަރު ހައްޖައްދާ ދިވެހި ހައްޖާޖީންގެ ފަހު ގުރޫޕް މިއަދު ފުރައިފި

Author
ހުސައިން
30 މެއި 2025 10:40
0

މިއަހަރު ހައްޖައްދާ ދިވެހި ހައްޖާޖީންގެ ފަހު ގުރޫޕް މިއަދު ފުރައިފިއެވެ. 250 ހައްޖުވެރިން ހިމެނޭ ހަތަރުވަނަ ގްރޫޕް މިއަދު ފުރާފައިވަނީ ރާއްޖެ ގަޑިން މެންދުރުފަހު 3:21 ގައެވެ.

މިއަހަރުގެ ހައްޖު ދަތުރުތައް ފެށިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު، އެދުވަހުގެ ހަވީރު ފުރަތަމަ ގްރޫޕް ސައުދީއަށް ވަނީ ފުރައިފައެވެ. ދެވަނަ ގްރޫޕް ފުރީ 27 ވަނަ ދުވަހުގެ ހެނދުނު މޯލްޑިވިއަން އެއާލައިންގެ ފްލައިޓެއްގައި ކަމަށްވާއިރު، ތިންވަނަ ގްރޫޕް އިއްޔެ މޯލްޑިވިއަންގައި ސައުދީއަށް ވަނީ ގޮސްފައެވެ.

ހައްޖުވެރިންނަށް ފަސޭހަކަން ހޯދައިދިނުމަށްޓަކައި މިއަހަރުވެސް ސަރުކާރުން ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މާލެ އަދި ހުޅުމާލެއިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ހަމަޖެއްސުމާއެކު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންވެސް ހައްޖުވެރިންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ވެއެވެ.

މިއަހަރުގެ ހައްޖު ދަތުރުތައް ހަމަޖެހިފައިވަނީ "މައްކާ ރޫޓް އިނިޝިއޭޓިވް"ގެ ދަށުން ކަމަށްވާއިރު، މިގޮތުން ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދާއިރު އިމިގްރޭޝަންގެ ހުރިހާ މަރުހަލާތައް ފުރިހަމަކޮށްފައިވާނެއެވެ. މި ޚާއްސަ އިންތިޒާމު ދިވެހިންނަށް ލިބިފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އެހީތެރިކަމުގެ ދަށުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.