މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދަވަހަކީ މާދަމާ، އީދު ފާހަގަކުރާނީ ޖޫން 6 ވަނަ ދުވަހު

މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދަވަހަކީ މާދަމާ، އީދު ފާހަގަކުރާނީ ޖޫން 6 ވަނަ ދުވަހު

Author
ހުސައިން
27 މެއި 2025 10:35
0

ސައޫދީ އަރަބިއްޔާއިން މިރޭ ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށް އިޢުލާނުކޮށް، މާދަމާ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

ސައޫދީ ސަރުކާރުން ކުރި އިޢުލާނާ ގުޅިގެން، 1446 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ އެއްވަނަ ދުވަހަކީ މާދަމާ ކަމުގައި ވުމާއެކު، މީލާދީ ސަނަތުން ޖޫން 5 ވަނަ ދުވަހު ފާހަގަކުރާނީ މި އަހަރުގެ އަރަފާތު ދުވަސްކަން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބޮޑު އީދު ފާހަގަކުރާނީ ޖޫން 6 ވަނަ ދުވަހުގައެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އިސްލާމް ދީނުގައި ވަރަށް މާތް ދުވަސްތަކެއް ކަމުގައި ބެލެވޭ ދުވަސްތަކެކެވެ. މި ދުވަސްތަކުގެ ތެރެއިން ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑަށް ބާރުއަޅާފައިވާ ސުންނަތެއް ކަމުގައި އިސްލާމީ ޢިލްމުވެރިން ވިދާޅުވެއެވެ.

ހައްޖު މަހުގެ ހަނދު ފެނުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖަށް ދާ މުސްލިމުން ވަނީ މި މުބާރަކު ދުވަސްތައް އިޚްލާޞްތެރިކަމާއެކު ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ. މި އަހަރު ހައްޖަށް ދިއުމަށް ރާވާފައިވާ ދިވެހިން ވެސް ވަނީ ފަހު ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.