ދިވެހި ހައްޖުވެރިން މިއަހަރު މައްކާއާއި މަދީނާ ދެމެދު ދަތުރުކުރާނީ ހައިސްޕީޑް ޓްރެއިނުގަ

ދިވެހި ހައްޖުވެރިން މިއަހަރު މައްކާއާއި މަދީނާ ދެމެދު ދަތުރުކުރާނީ ހައިސްޕީޑް ޓްރެއިނުގަ

Author
ހުސައިން
27 މެއި 2025 07:56
0

ދިވެހި ހައްޖުވެރިން މިއަހަރު މައްކާއާއި މަދީނާ ދެމެދު ދަތުރުކުރާނީ ހައިސްޕީޑް ޓްރެއިނުގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، ކުރިން 8-10 ގަޑިއިރު ނަގާ ބަސް ދަތުރުގެ ބަދަލުގައި ހައިސްޕީޑް ޓްރެއިން ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމުގައެވެ.

މި ބަދަލާއެކު ދަތުރުގެ މުއްދަތު ހަމައެކަނި 2 ގަޑިއިރަށް ކުރުވެ، ހައްޖުގެ އަޅުކަން ނިމުމަށްފަހު ހައްޖުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ފުރަތަމަ 235 ހައްޖުވެރިންގެ ޖަމާއަތް އިއްޔެ ސައުދީ އަރަބިއްޔާއަށް ވަނީ ފޯރާފައެވެ. ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 ހައްޖުވެރިންގެ ކޯޓާއެވެ.

ހައްޖުވެރިންނަށް އިތުރު ލުއިފަސޭހަ ހޯދައިދިނުމަށް ދިވެހިރާއްޖެ "މައްކާ ރޫޓު އިނީޝިއޭޓިވް" ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން:

  • ސައުދީގެ އިމިގްރޭޝަން ކަންކަން ރާއްޖޭގައި ވަނިކޮށް ނިންމޭނެ
  • ހައްޖުވެރިންގެ ސާމާނު ސީދާ ހޮޓަލްތަކަށް ފޮނުވައިދޭނެ
  • ޖިއްދާ އެއާޕޯޓުގައި ހޭދަކުރާ ވަގުތު ވަރަށް ކުރުވެގެންދާނެ

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އިންތިޒާމުތަކުން ދިވެހި ހައްޖުވެރިންގެ ދަތުރަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.