މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަށް ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަށް ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި

Author
ހުސައިން
27 މެއި 2025 07:51
0

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (MIFSA) އިން ޗީފް އެގްޒެކްޓިވް އޮފިސަރެއް ހޯދުމަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން، މި މަޤާމަކީ 5 އިން 10 އަހަރާ ދެމެދުގެ މުއްދަތަކަށް ދެވޭ މަޤާމެކެވެ. މަހަކު ލިބޭނީ 57,000 ރުފިޔާ އެވެ.

މި ވަޒީފާއަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:

  • ކަމާގުޅޭ ދާއިރާއެއްގައި 20 އަހަރުގެ ތަޖުރިބާ
  • ޤާނޫނު، އިޤްތިޞާދު، ހިސާބު ނުވަތަ ވިޔަފާރީގެ ދާއިރާއިން ފުރަތަމަ ޑިގްރީ

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް މަހުގެ 1 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، MIFSA ޤާއިމްކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހު އެވެ. މި އިދާރާ ހިނގަނީ އިޤްތިޞާދީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

މި އޮތޯރިޓީ އުފެއްދުމުގެ މަޤްޞަދަކީ، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނުގައި ބުނާ އޮންޝޯ އަދި އޮފްޝޯ މާލީ ޚިދުމަތްތަކާއި، ތަރައްޤީގެ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މި އޮތޯރިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.