ހައްޖުވެރިން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކޮށްފި

ހައްޖުވެރިން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކޮށްފި

Author
ހުސައިން
25 މެއި 2025 09:18
0

ރާއްޖެއިން ހައްޖަށް ފުރާ ފުރަތަމަ ބެޗް މާދަމާ ފުރާއިރު، ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމްއޭސީއެލްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާދަމާ ގިނަ ބަޔަކު ހައްޖަށް ފުރާތީ ބާރުބޮޑުވާނެ ކަމަށް ބެލެވޭތީ، ފުރުމުގެ އިންތިޒާމުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ޗެކްއިން އާއި އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެ ކުންފުނިން ވަނީ އެދިވަޑައިގެންފައެވެ.

މި އަހަރު ރާއްޖެއިން 1000 އަށްވުރެ ގިނަ މީހުން ހައްޖަށް ދާނެ ކަމަށް ބެލެވޭ އިރު، ހައްޖުވެރިންނަށް ފަސޭހަތަކެއް ހޯދައިދިނުމަށްޓަކައި ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރުމަށް ސައުދީ އަރަބިއްޔާގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.