ހުޅުމާލޭ ކްލިނިކެއްގައި ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަނީ

ހުޅުމާލޭ ކްލިނިކެއްގައި ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަނީ

Author
ހުސައިން
11 މެއި 2025 03:49
0

ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ފަރުވާ ހޯދަން ދިޔަ ހާއްސައެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެވޭ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ދެއްވި މަޢުލޫމާތުގައި ބުނެފައިވަނީ، މިމަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީގޮތުން އަނިޔާވެދާނެ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ތަޙުޤީޤު މަރުޙަލާގައި ކުރިއަށްދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން މި މައްސަލަ ބަލަމުންދާއިރު، މީސްމީޑިއާގައި އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއްވެސް މިހާރު ދަނީ ފެތުރެމުންނެވެ. އެ ވީޑިއޯގައި ފެންނަނީ ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ. އަދި ވީޑިއޯގައި އެ މީހާ ކަތުރެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ގެންގުޅޭ މަންޒަރުވެސް ފެންނަން ހުރިކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.