ސްރީލަންކާގެ އޮޔާދިޔަ މަސްބޯޓަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ސްރީލަންކާގެ އޮޔާދިޔަ މަސްބޯޓަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސައިން
10 މެއި 2025 02:50
0

އައްޑޫ ސިޓީގެ ހުޅަނގު ސަރަޙައްދުން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓެއް ކަމުގައިވާ "ސަންޑާލީ ވެލެންޓިނާ" އަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން މި މަސްބޯޓު އޮޔާދާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުމާއެކު، އެމްއެންޑީއެފްގެ ފަރާތުން ވަނީ އެ ބޯޓު ގަވާއިދުން މޮނިޓަރ ކުރަމުން ގެންދިޔައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ބޯޓުގައި 6 ފަޅުވެރިން ދަތުރުކުރަމުންދާއިރު، އެ އެންމެންގެ ޙާލުވެސް ވަނީ ރަނގަޅު ކަމަށް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ފާހަގަކުރެއްވި ގޮތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން ވަނީ އޮޔާދާ ސަރަހައްދަށް ޚާއްޞަ ދަތުރެއް ކުރައްވާފައެވެ. މިއަދު ހެނދުނު 8:05 ގައި ވަނީ އައްޑޫ ސިޓީގެ ހުޅަނގުން 15 ނޯޓިކަލް މޭލު ބޭރުގައި އޮތް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ބޯޓު ރައްކާތެރިކަމާއެކު އަނބުރާ ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޯސްޓްގާޑުގެ ފަރާތުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.