ކުރިސްޓިއަން ދީނުގެ އާ އިސް ފާދިރީ އިންތިޚާބު ކޮށްފި

ކުރިސްޓިއަން ދީނުގެ އާ އިސް ފާދިރީ އިންތިޚާބު ކޮށްފި

ގުޅުންހުރި

ކުރިންޓިއަން ދީނުގެ އާ އިސް ފާދިރީ (ޕޯޕު) އިންތިޚާބު ކޮށްފިއެވެ.

ކުރިންޓިއަކުންގެ އާ އިސް ފާދިރީ އިންތިޚާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ޕޯޕް ފްރާންސިސް މީ ދ ހަފްތާކުރިން އަވަހާރަވުމާއި ގުޅިގެންނެވެ. ކުރިންޓިއަން ދީނުގެ އާ އިސް ފާދިރީ އިންތިޚާބު ކޮށްފައިވަނީ 100 އަށްވުރެ ގިނަ ފާދިރީންގެ ވޯޓަކުންނެވެ. އެގޮތުން އިންތިޚާބު ކުރެވުނު އާފާދިރީއަކީ އެމެރިކާގެ ރައްޔިތަކަށް ވާއިރު، މިއީ އެމެރިކާގެ ދަރިކޮޅުން އިންތިޚާބު ކުރެވުނު ފުރަތަމަ އިސް ފާދިރީއެވެ.

އެމެރިކާގެ ފުރަތަމަ ޕޯޕް: ކާޑިނަލް ރޮބަޓް ޕްރިވޯސްޓްއަކީ އެމެރިކާގައި އުފަންވެފައިވާ ފުރަތަމަ ޕޯޕްގެ ގޮތުގައި އިންތިޚާބުކުރެވުނު ޕޯޕެވެ. އޭނާ އިންތިޔާރު ކޮށްފައިވާ ނަމަކީ ޕޯޕް ލިއޯ XIV އެވެ. ޕޯޕު ލިއޯ އޭނާގެ ފުރަތަމަ ބަޔާން ދެއްވީ ސަންތް ޕީޓަރުގެ ބެސިލިކާގެ މަތީގައި ޓެރަހުން، ގިނަ އަދަދެއްގެ މީހުންގެ ކުރިމަތީގައެވެ. އޭނާ ފުރަތަމަ ވާހަކާގައި އޭނާވަނީ ސުލްޙައަށް ގޮވާލައި އަދި ނިޔާވެފައިވާ ޕޯޕް ފްރާންސިސްއަށް ޝުކުރު އަދާކޮށްފައެވެ.

އައު ޕޯޕްއާ ބެހޭ ގޮތުން: އެމެރިކާގެ ޗިކާގޯއަށް އުފަންވި، 69 އަހަރުގެ ލިއޯ އަކީ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތެކެވެ. އޭނާ އޭނާގެ ކެރިއަރގެ ބޮޑު ބައެއް ހޭދަކުރީ ދެކުނު އެމެރިކާގައި މިޝަނަރީއެއްގެ ގޮތުގައެވެ. އެގޮތުން 20 އަހަރު އޭނާ ދިރިއުޅެފައިވަނީ ޕެރޫގައެވެ. އަދި އޭނާއަށް އެމެރިކާ އާއި ޕެރޫގެ ދެރަށްވެހިކަން ލިބިފައިވެއެވެ. ޕެރޫގައި ބިޝޮޕެއްގެ ގޮތުގައި ޚިދުމަތްކޮށްފައި ވެއެވެ. އެންމެ ފަހުން އޭނާ ވެޓިކަންގެ ބިޝޮޕުން ޢައްޔަންކުރުމާބެހޭ ބާރުގަދަ އޮފީހެއް ހިންގެވިއެވެ. އޭނާ ޕޯޕް ފްރާންސިސްގެ އިޞްލާޙުތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ރިއެކްޝަން: ޕޯޕްގެ އިންތިޚާބާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ ފަރާތުން މަރުޙަބާގެ މެސެޖުތައް އާންމުކޮށް، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ޕޯޕްއާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ތާރީޚީ ހޮވުމަކީ ޤައުމަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ