ކުޅުދުއްފުށި ސިޓީގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ސިޓީގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފި

ގުޅުންހުރި

ކުޅުދުއްފުށި ސިޓީގައި "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ" މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ކޮމިޓީ އުފެދިފައިވަނީ ޤާނޫނު ނަންބަރު 28/2015 ގެ ދަށުން ރާއްޖޭގެ ކޮންމެ ސިޓީއެއް، އަތޮޅެއް އަދި މީހުން ދިރިއުޅޭ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އުފެއްދުމަށް ލާޒިމްކޮށްފައިވާތީއެވެ.

ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރެވުނު މި ކޮމިޓީގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލް، ދިވެހި ރެޑް ކްރެސެންޓް، މޯލްޑިވްސް ޕޮލިސް ސާރވިސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި ކްލަބް އެސޯސިއޭޝަންގެ މަންދޫބުންނެވެ.

ކޮމިޓީ އިފްތިތާޙްކުރުމަށް ބޭއްވުނު ބައްދަލުވުމުގައި ސިޓީ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އެކްޓިވޭޝަން އިޖުރާއަތްތަކާއި ކޮމިޓީގެ ހިންގާ ގަވާއިދު ހުށަހެޅި، ކޮމިޓީގައި ހިމެނޭ މުއައްސަސާތަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މީގެއިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަލީ އަޙްމަދު ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަޤާމަށް ރަސްމީކޮށް އައްޔަންކުރެވިފައެވެ.

މި ކޮމިޓީގެ އިފްތިތާޙާއެކު ކުޅުދުއްފުށި ސިޓީގައި ކާރިސާތަކާ ގުޅޭ ކަންކަން ރޭވުމާއި، ކާރިސާތަކަށް ތައްޔާރުވުމާއި، އަދި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ