ތަމްރީން ހަދަމުން ދަނިކޮށް ނިޔާވި ފުލުހުންގެ ކޮންސްޓަބަލް ހުސައިން ގާއިސް އުފަންރަށުގައި ވަޅުލައިފި

ތަމްރީން ހަދަމުން ދަނިކޮށް ނިޔާވި ފުލުހުންގެ ކޮންސްޓަބަލް ހުސައިން ގާއިސް އުފަންރަށުގައި ވަޅުލައިފި

Author
ހުސައިން
08 މެއި 2025 07:37
0

ތަމްރީން ހަދަމުން ދަނިކޮށް ނިޔާވި ފުލުހުންގެ ކޮންސްޓަބަލް ހުސައިން ގާއިސް އުފަންރަށުގައި ވަޅުލައިފިއެވެ.  ފުލުހުންގެ ތަމްރީނެއް ކުރިއަށްދަނިކޮށް ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ، ފުލުހުންގެ ކޮންސްޓަބަލް، އުމުރުން 34 އަހަރުގެ ގާއިސް ނިޔާވީ މާލޭގެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ރެކްރޫޓެއް ކަމަށްވާ ގާއިސްގެ ހާލު ދެރަވީ ދ. ވާނީގައި ތަމްރީނު ކުރިއަށްދަނިކޮށެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި ގާއިސްއަށް ފުރަތަމަ ފަރުވާދީފައިވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާދިނުމަށްޓަކައި މާލެ ގެނެސް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހުސައިން ގާއިސްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންގޮސް، މިއަދު ހެނދުނު އޭނާގެ އުފަންރަށް ސ. ހުޅުދޫގައި ވަނީ ވަޅުލައިފައެވެ.

ފުލުހުންނާއި ސިފައިންގެ ތަމްރީނުތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް މަދުންނަމަވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.