އިންޑިއާގެ ހަނގުރާމަމަތީ 5 ޖެޓް ވައްޓާލާ ބައެއް ސިފައިން ރަހީނު ކޮށްފިކަމަށް ޕާކިސްތާޖުން ބުނެފި

އިންޑިއާގެ ހަނގުރާމަމަތީ 5 ޖެޓް ވައްޓާލާ ބައެއް ސިފައިން ރަހީނު ކޮށްފިކަމަށް ޕާކިސްތާޖުން ބުނެފި

ގުޅުންހުރި

ޕާކިސްތާނުން ވަނީ 5 އިންޑިއާ މަތިންދާބޯޓު ވައްޓާލައި، އަދި އިންޑިއާގެ ބައެއް ސިފައިންވެސް ހައްޔަރުކޮށްފައިކަމަށް ބްލޫމްބާގް ޓީވީއަށް މައުލޫމާތު ދެއްވަމުން ޕާކިސްތާނުގެ ދިފާޢީ ވަޒީރު އާޞިފް ވިދާޅުވެއްޖެއެވެ.

މަތިންދާބޯޓުތައް ވައްޓާލުމަކީ "އަދާވާތްތެރި ޢަމަލުތަކެއް" ނޫންކަމަށާއި، ޕާކިސްތާނުން އެކަން ކުރީ އެޤައުމުގެ ސަރަޙައްދު ދިފާޢުކުރުމަށްކަމަށް ބުދަ ދުވަހު ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕާކިސްތާނުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރީ ހަމަލާތަކަށްފަހު، ޕާކިސްތާނުން އިންޑިއާގެ ހަނގުރާމަމަތީ ޖެޓްތައް ވައްޓާލާފައިވާކަމަށް ބުނި ނަމަވެސް، އިންޑިއާގެ އިސްވެރިން މިކަމާމެދު އަދި ޚިޔާލު ފާޅުކޮށްފައެއް ނުވެއެވެ.

މިހާތަނަށް އެނގިފައިވާ ކަންތައްތައް:

  • އިންޑިއާގެ ހަމަލާތައް: އިންޑިއާގެ އޮފިޝަލުން ބުނާގޮތުގައި އެމީހުންގެ މިސައިލް ހަމަލާތައް އަމާޒުކުރެވިފައިވަނީ ޕާކިސްތާނާއި ޕާކިސްތާން ބެލެހެއްޓުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ތަނަކަށެވެ. އިންޑިއާއާއި ޕާކިސްތާނުން ދެފަރާތުންވެސް ކަޝްމީރު ސަރަހައްދުގެ ބައިތަކެއް ކޮންޓްރޯލްކުރެއެވެ. އިންޑިއާއިން ބުނާގޮތުގައި އެމީހުން ހަމަލާދިނީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށް އެކަނި ކަމަށާއި، ސިވިލިއަނުން ނުވަތަ އިޤްތިޞާދީ ނުވަތަ މިލިޓަރީ ތަންތަނަށް ނޫން ކަމަށެވެ – ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކޮށް، 6 ތަނެއްގައި ސިވިލިއަނުންނާއި މިސްކިތްތަކަށް ހަމަލާދިން ކަމަށް ބުނެއެވެ.
  • ޕާކިސްތާނުގެ ޖަވާބު: ޕާކިސްތާނުން ބުނާގޮތުގައި، އެމީހުން "ސެލްފް-ޑިފެންސް" ގެ ގޮތުން 5 އިންޑިއަން އެއަރ ފޯސް ޖެޓާއި 1 ޑްރޯން ވަނީ ވައްޓާލާފައެވެ. ރާފޭލް ޖެޓްތައް – ފްރާންސުން އުފައްދާފައިވާ ފުރިހަމަ މަލްޓި-ރޯލް ފައިޓަރުތައް – ވައްޓާލެވުނު މެޝިންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެއެވެ. އިންޑިއާ އޮތޯރިޓީތަކުން މިހާތަނަށް އެއްވެސް މަތިންދާބޯޓެއް ގެއްލުނުކަން ކަށަވަރުކޮށްފައެއް ނުވެއެވެ، އަދި ބައިނަލްއަގުވާމީ މީޑިއާތަކުން މިކަން މިނިވަން ގޮތެއްގައި ކަށަވަރުކުރެވިފައެއް ނުވެއެވެ.
  • މަރުވި މީހުން: ޕާކިސްތާނުން ބުނާގޮތުގައި އިންޑިއާގެ ހަމަލާތަކުގައި 8 މީހުން ވަނީ މަރުވެފައެވެ، ކުޑަކުދިންވެސް މީގެތެރޭގައި ހިމެނެއެވެ، އަދި 35 އެހެން މީހުން ޒަޚަމްވިއެވެ. އިންޑިއަން އާމީއިން ބުނީ އިންޑިއާ ބެލެހެއްޓުމުގެ ދަށުގައިވާ ކަޝްމީރުގައި 3 ސިވިލިއަނުން ބޯޑަރުން އަނެއްފަރާތުން ޕާކިސްތާނު ސިފައިން ދިން ބޮމުގެ ހަމަލާއެއްގައި މަރުވިކަމަށެވެ.
  • މައްސަލަ ފެށުނު ސަބަބު: ދެގައުމުގެ ދެމެދުގައި މިހާރު އުފެދިފައިވާ މައްސަލަ އުފެދުނު މައިގަޑު ސަބަބަކީ ދެބަސްވުންތަކެއް އުފެދިފައިވާ ކަޝްމީރު ސަރަޙައްދެވެ – އެއީ ފާއިތުވި މަހު މި ފަތުރުވެރިކަމުގެ ސަރަޙައްދަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ހަމަލާ ދިނުމާ ގުޅިގެން، 36 މީހުން މަރުވިއެވެ – އޭގެ ތެރޭގައި ގިނައީ އިންޑިއާގެ ފަތުރުވެރިންނެވެ. މިހަމަލާއަށްފަހު ނިއު ދިއްލީއިން އަވައްޓެރި ޕާކިސްތާން ބަދުނާމު ކުރުމާއެކު، ބޯޑަރު ހުރަސްކޮށް ހަމަލާދޭ މިލިޓެންޓް ގްރޫޕްތަކަށް ޕާކިސްތާނުން ހިމާޔަތްދޭކަމަށް ދިގު މުއްދަތެއް ވަންދެން ޕާކިސްތާނަށް އިންޑިއާއިން ތުހުމަތުކޮށްފައިވެއެވެ. އިސްލާމާބާދުން މިކަން ދޮގުކޮށް، މި ހަމަލާ ދިން މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވަޢުދުވެފައިވެއެވެ.
  • މުހިންމުވާ ސަބަބު: ހިންދޫ އަޣުލަބިއްޔަތު އޮންނަ އިންޑިއާއާއި މުސްލިމް އަޣުލަބިއްޔަތު އޮންނަ ޕާކިސްތާން އުފެދުނީ ބްރިޓިޝް އިންޑިއާގެ ލޭއޮހޮރުވުމާއެކު އައި ބައިބައިވުމުންނެވެ. މި ދެ ޤައުމު ކަޝްމީރުގެ މައްސަލައާއި ގުޅިގެން 3 ހަނގުރާމައެއް ވަނީ ކޮށްފައެވެ. 1999 ގައި ހިނގި އެންމެ ފަހުގެ ހަނގުރާމައަށްފަހުވެސް، އެތައް ފަހަރަކު ހަމަނުޖެހުންތައް ހިނގާފައިވެއެވެ، އެންމެ ފަހުން 2019 ގައެވެ – ނަމަވެސް މިއިން އެއްވެސް ހާދިސާއެއް އަލުން ހަނގުރާމައަކަށް ބަދަލުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެއަށްފަހުވެސް ނުރައްކާތައް ބޮޑެވެ؛ ދެ ޤައުމުވެސް އެމީހުންގެ މިލިޓަރީ ވަރުގަދަކޮށްފައިވެއެވެ، އަދި ދެގައުމަކީވެސް މިހާރު ނިއުކްލިއަރ ދެބާރެވެ.
  • ދުނިޔޭގެ ޤައުމުތަކުގެ ޖަވާބު: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޕާކިސްތާނާ ދެކޮޅަށް ހިންގި އިންޑިއާގެ ހަރަކާތް އެއީ "ލަދުވެތިކަމެއް" ކަމަށެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސަރުކާރުން "މި މައްސަލަ ކައިރިން މޮނިޓަރ ކުރަމުން ގެންދާ" ކަމަށެވެ. ބައިނަލްއަޤްވާމީ ގައުމުތަކުން ވަނީ އިތުރު ހަނގުރާމަވެރި ޙަރަކާތްތަކާ ދެކޮޅަށް އިންޒާރުދީފައެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މި ދެ ޤައުމަށް "އެއްވެސް ހިސާބަކުން ކޮންޓްރޯލް ގެއްލިދާނެ ހަނގުރާމަވެރި ކުރިމަތިލުމެއް" ނުގެނައުމަށް އިލްތިމާސްކުރައްވާފައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ