ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީ ބޭރުން ރޭ އިރާކޮޅު މަސްތުވެގެން ހުރި މީހަކު ދުއްވި ލޯންޗެއް ފެރީ ދޯންޏެއްގައި ޖެހި އެކްސިޑެންޓްވެއްޖެ އެވެ. ފުލުހުން މިކަން ޔަގީންކޮށްދިން އިރު، ލޯންޗު ދުއްވި ކައްޕި އަކީ މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު (40 އަހަރު) ކަމަށް އެފަރާތުން މަޢުލޫމާތު ދިނެވެ.
ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބަލައި ޓެސްޓު ހެދުމުން، ލޯންޗުގެ ކައްޕި އިނީ މަސްތުވެގެން ކަމަށް ދެނެގަނެވިފައިވާ ކަމަށާއި، އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އުޅަނދަކަށް ގެއްލުންވި ކަމެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަން ޔަގީންކޮށްދިނެވެ.
ކޮމެންޓު ފޮނުވާ