މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ބަންދުން ދޫކޮށްލައިފި

މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ބަންދުން ދޫކޮށްލައިފި

Author
ހުސައިން
03 މެއި 2025 10:25
0

މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި ދެ ޒުވާނުން މިރޭ ދޫކޮށްލައިފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނުން ކަމަށްވާ 28 އަހަރުގެ މަޙްޒޫމް މާޖިދު އާއި 19 އަހަރުގެ ޢާއިޝަތު ޝިމަން އަޙްމަދެވެ. އެ ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް ޖަހާފައެވެ. އެހެންނަމަވެސް އެ ދެ ޒުވާނުން މިރޭ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ފުލުހުން ބުނި ގޮތުގައި މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މި މުޒާހަރާތަކަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.