ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގެ ބޭރުން މޫދު ހިއްކައިގެން ރޭސިން ޓްރެކެއް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގާތްގަނޑަކަށް ދޮޅު އަހަރަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އަޅާ ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރޭސިން ޓްރެކް އަޅަން ނިންމާފައިވަނީ ސިނަމާލެ ބްރިޖުގެ ހައިވޭގައި ސޯލާ ޕެނަލްތައް ޖަހާފައިވާ ސަރަހައްދުގެ ބޭރުން މޫދު ހިއްކައިގެންނެވެ.
މި މަޝްރޫއަކީ ރާއްޖޭގައި މޮޓޯ ސްޕޯޓްސްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންދާ މަސައްކަތުގެ ބައެއްކަމަށް ވިދާޅުވެ، މި ފެސިލިޓީން ޒުވާނުންނަށް ރޭސިންގެ ޝައުގުވެރިކަން ރައްކާތެރި މާހައުލެއްގައި ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ