މުސާރައިގެ އެއްހަމަކަން ރާއްޖެއަށް ނުހަނު މުހިންމު: ޝާހިދު

މުސާރައިގެ އެއްހަމަކަން ރާއްޖެއަށް ނުހަނު މުހިންމު: ޝާހިދު

Author
ހުސައިން
01 މެއި 2025 02:06
0

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ މުސާރައިގެ އެއްހަމަކަމަކީ މިއަދު ރާއްޖެއަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ މެއި 1 ވަނަ ދުވަހު، މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ މަސައްކަތްތެރިންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ޙައްޤުތަކުގެ ކަށަވަރުކަމާއި، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ޙައްޤުތައް ޔަގީންކުރެވެންޖެހޭ ކަމަށެވެ.

"ޕޭ ހާމަނައިޒްވެ ކޮންމެ މަސައްކަތްތެރިއެއްގެވެސް މަސައްކަތާއި، ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މިފަދައިން ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވެފައިވަނީ އުޖޫރައިގެ ހަމަހަމަކަމާއި މިނިވަންކަމަށް ގޮވާލަމުން ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ހީވާގި މަސައްކަތްތެރިންނަށް ފޮނުވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.